Monday, February 17, 2020

ލެޔާ ލޭގެ ގުޅުމީ ކަރާމާތެކޭ

ރާގު: ހުވީޝާމު އެނުކާ
ޅެން: ޢީސާ ޝަރީފު


ލެޔާ ލޭގެ ގުޅުމީ ކަރާމާތެކޭ
ޖަހާ ވިންދު ބުނަނީ އަމާނާތެކޭ


އުފަންކުރި މައިންނާނުލާ
މިމައިވަންތަ ކުލުނާނުލާ
މިއަދު ދަރިފުޅާއޭ ދިޔައިމާ ދުރަށްލާ
ހިތުންތަދު ނުދާނޭ ފިލާ
ލޮލުގެ ތީ އެފިނިކަން މިއީ ވަޢުދެކޭ
ލެޔާ ލޭގެ ގުޅުމީ ކަރާމާތެކޭ
ޖަހާ ވިންދު ބުނަނީ އަމާނާތެކޭ


މިއީ ކޮއްކޮ ބޭނުން ގޮތޭ
ތިފައިތިލަ ދަށުން ޖަންނަތޭ
އުރައިގެން އުޅުނު ކޮންމެ ލޮބުވެތި ސިކުންތެއް
ހަނދާނުން ނުދޭ ޚިދުމަތެއް
މައިން ރޮއްވުމީ ބޮޑު ޚިޔާނާތެކޭ
ލެޔާ ލޭގެ ގުޅުމީ ކަރާމާތެކޭ
ޖަހާ ވިންދު ބުނަނީ އަމާނާތެކޭ


އެދުން ނެތް ހިތުން ލޯބިދެން
ދެދުނިޔޭގެ އުފަލަށް އެދެން
އެދުހު ބައްޕަ ދަރިފުޅު އުރީމޭ ހިނގެންދެން
މިއަދުވެސް އެހާ ހެޔޮއެދެން
ހިތުގެ ފުންމިނުން ދިން އެޞަދަޤާތެކޭ
ލެޔާ ލޭގެ ގުޅުމީ ކަރާމާތެކޭ
ޖަހާ ވިންދު ބުނަނީ އަމާނާތެކޭ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...