Sunday, February 9, 2020

ހާދަ މަތިވެރިވި ދުވަހެކޭ މިއީ

ހާދަ މަތިވެރިވި ދުވަހެކޭ މިއީ، ހާދަ މާތްވި މައްސަރެއްގައި ލެއްވެވީ
އާދިޔާ ހޯމަ ބާރަ ކަމުގައިވީ ޢާއްމުފީލުގައި ނަމުން މި ޚާއްސަވީ

ރޭވެ ފަޖުރު ލުމުގެ ތަންކޮޅެއް ކުރިން
ލޭފަވެތިވި ސާހިބާ ވަޑައިގަތީ
ދޭހަކޮށް އެދެއްވުމަށް މިމާތްވި ދީން
ރޭ އެމާތް ރިސާލަތެއް އެގެންނެވީ
އެންމެ އައުދާނަވަންތަ ޙަޟްރަތުން (2)
ރަޙްމަތާއި ނިޢުމަތާއި ދަރުމަވީ

ހާދަ މަތިވެރިވި ދުވަހެކޭ މިއީ، ހާދަ މާތްވި މައްސަރެއްގައި ލެއްވެވީ
އާދިޔާ ހޯމަ ބާރަ ކަމުގައިވީ ޢާއްމުފީލުގައި ނަމުން މި ޚާއްސަވީ

ފުސްކަމާއި އަނދިރި ބަނަ ވިލާތަކުން
ދުނިޔެ ބަނަވެފާވި ހިނދު ޖަހާލަތުން
މުޞްޠަފާ އެރޯކުރެއްވި ދަންމަރުން
އަލިވެ މަގު ފިލާފި ސުންނަތާ ފޮތުން
ޢިއްޒަތާ ޝާނު ޝައުކަތާއެކީ (2)
މަޝްރިޤާއި މަޣްރިބަށް މި ޢާއްމުވީ

ހާދަ މަތިވެރިވި ދުވަހެކޭ މިއީ، ހާދަ މާތްވި މައްސަރެއްގައި ލެއްވެވީ
އާދިޔާ ހޯމަ ބާރަ ކަމުގައިވީ ޢާއްމުފީލުގައި ނަމުން މި ޚާއްސަވީ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...