Wednesday, February 12, 2020

ރަޙްމަތުގެ ނޫރުމާތްވީ

ރަޙްމަތުގެ ނޫރުމާތްވީ  މުޅިދޭހުގައި ވިދާނޭ ތިހަނދާން އާވާނޭ
ކައުމުސްޠަފާގެ ނަބަވީ ޒިކުރާ އަބަދު ވެވޭނޭ ތިހަނދާން އާވާނޭ  (2)

އަލިވީ ހިދާޔަތޭ މާތް ފެތުރުއްވެވީ މިތާނގާ
ޝިރުކާ ނުބައި ސުލޫކޭ ނެތިކޮށްލުވީ އެކީގައި  އޯ އޯ އޯ
މަތިވެރި ތިއީ ރަސޫލޭ ދުނިޔޭގެބިން ބުނާނޭ ތިހަނދާން އާވާނޭ  (2)

ޞަލަވާތް އިތުރު ސަލާމާ ވަސްމީރު ލައްވަވާނދޭ
ދެޙަޔާތުގައި އެމާތްވީ ތަޢުޒީމު ދެއްވަވާނދޭ  އޯ އޯ އޯ 
ލޯބިން އަބަދުމެ ތިޔަމާތް ޠާހާގެ ނަންކިޔޭނޭ ތިހަނދާން އާވާނޭ  (3)


No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...