Sunday, February 9, 2020

ދިރުންދޭ ތަމަންނާއެ ދަރުބާރު ހާދީ

ދިރުންދޭ ތަމަންނާއެ ދަރުބާރު ހާދީ (2)
ތަވައްޖުހު ކުރެއްވީ މިއަރިހަށް ނަޖާޝީ
މި މުސްލިމް ޞަޙާބީންގެ އަމަނަށްޓަކާވީ
އެމާތް އިޒްނަފުޅު ހިޖުރަޔަށް އާ މިދެއްވީ

ދިރުންދޭ ތަމަންނާއެ ދަރުބާރު ހާދީ..


ނަޖްމު ސޫރަތުން ލާތަޢުއްޒާއެ ފެނިގެން (2)
ޤުރައިޝުން އުފާކުރި ހަބަރު އައްސަވައިގެން
އެތައްބޭކަލަކު އޮޅިވަޑައިގެންނެ ޙަބްޝުން (2)
ރަސޫލާގެ އަރިހަށް ވަޑައިގެންނެވުންވީ

ދިރުންދޭ ތަމަންނާއެ ދަރުބާރު ހާދީ..


ހަޤީގަތް އައީމާ ފިލާސާފުވެވިގެން (2)
އަނެއްކާ ކުރެއްވީ ދެވަނަ ހިޖުރައެއްދެން 
ހިމާޔަތުގެ އިޙްސާން ނަޖާޝީގެ ލިބެވުން (2)
އިލާހީ އިނާޔަތުގެ ސިއްރެއް ކަމަށްވީ


ދިރުންދޭ ތަމަންނާއެ ދަރުބާރު ހާދީ ..

ތަވައްޖުހު ކުރެއްވީ މިއަރިހަށް ނަޖާޝީ
މި މުސްލިމް ޞަޙާބީންގެ އަމަނަށްޓަކާވީ
އެމާތް އިޒްނަފުޅު ހިޖުރަޔަށް އާ މިދެއްވީ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...