Thursday, February 13, 2020

ރޮމުން ގިސްލާ އަޅާ ކުރިހާ ކުށުން ތަޢުބާވަމޭ

ރޮމުން ގިސްލާ އަޅާ ކުރިހާ ކުށުން ތަޢުބާވަމޭ     
ދެލޯ ކަރުނުން ފުރާ ނަފްސާ ހިތުން ތައުބާވަމޭ
މިއީ އެދެވޭ އެދުމޭ ޔާރައްބަނާ ތަޢުބާވަމޭ       
ދުޢާ ކުރަމޭ މިތާ މިންޖަން އަދާ ތަޢުބާވަމޭ 
މިޢީ އެދެވޭ އެދުމޭ ޔާރައްބަނާ ތަޢުބާވަމޭ     
ރޮމުން ގިސްލާ އަޅާ ކުރިހާ ކުށުން ތަޢުބާވަމޭ

ނަޞީބާ ނަސްރު ދެއްވާ ހިތް މިތަޤުވާއިން ފުރުއްވާންދޭ     
ހަޔާތެއް ބާއްޖަވެރި ދެއްވާށި އީމާނުން ދިރުއްވާންދޭ.
ހިދާޔަތް ދޭ އަލިން ރޯޝަންވި ހިތް ރޫޙާ ދިރުއްވާންދޭ     
އަމާން މަންޒިލް އެދޭ ދެއްވާށިއޭ ތަޢުބާވަމޭ
މިއީ އެދޭ އެދުމޭ ޔާރައްބަނާ ތަޢުބާވަމޭ    
ދުޢާ ކުރަމޭ މިތާ މިންޖައް އަދާ ތަޢުބާވަމޭ

ރޮމުން ގިސްލާ އަޅާ ކުރިހާ ކުށުން ތަޢުބާވަމޭ

ދުރަށްދާން ކުށްތަކާ ފާފައިން މިނަފްސައް ބާރު ދެއްވާންދޭ     
ޢަމަލްތައް މާތްވި ހެޔޮވީހާ ކުރަން ތައުފީޤު ދެއްވާންދޭ
ފަލާޙާ މާތް ދަރުމަ ދުނިޔޭން ދެހަޔާތުންމެ ދެއްވާންދޭ     
އެޖަންނަތު މާތް ލިބުން އެދިގެން އަޅާ ތަޢުބާވަމޭ
މިއީ އެދޭ އެދުމޭ ޔާރައްބަނާ ތަޢުބާވަމޭ 
ރޮމުން ގިސްލާ އަޅާ ކުރިހާ ކުށުން ތަޢުބާވަމޭ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...