Monday, February 17, 2020

ލެވޭނޫންހެ ނޭވާ ބަލާވެސް ނުލާނޭ

ރާގު: ހަމޭ ކާޝު ތުމްސޭ މުހައްބަތު
ޅެން: ޢީސާ ޝަރީފު



ލެވޭނޫންހެ ނޭވާ ބަލާވެސް ނުލާނޭ
މަރާ މަހުޝަރާދެން ހަނދާނެއްނުވާނޭ


ދަތުރް ނިންމަމުން އަންނަ މެހެމާނެކޭތީ
ނުވިސްނާ ތިދެވެނީއެ އިހުމާލެކޭތީ
ޚިޔާނަތެކޭ ވެވުނީ ހިތަށްނުމެ އަރާނޭ
ލެވޭނޫންހެ ނޭވާ ބަލާވެސް ނުލާނޭ
މަރާ މަހުޝަރާދެން ހަނދާނެއްނުވާނޭ


އުފާތަށްފަހާ ހިތް ޒުވާން އުދުހި ދާނޭ
ލަފާދޭނެ ޝައިޠާން އެހިނދު އައިސް ބުނާނޭ
ކުރާ އަޅުކަމެއް ދެންފަހުން ކުރެވިދާނޭ
ލެވޭނޫންހެ ނޭވާ ބަލާވެސް ނުލާނޭ
މަރާ މަހުޝަރާދެން ހަނދާނެއްނުވާނޭ


ފަހުން ރޯންޖެހޭނޭ ހިތަށް ގެނެބަލާށޭ
ޖަހަންނަމައެ އަނދަނީއެ ފުންމާނުލާށޭ
ޒުވާނާއެ ތިޔަހެން އުޅެން ހެޔޮނުވާނޭ
ލެވޭނޫންހެ ނޭވާ ބަލާވެސް ނުލާނޭ
މަރާ މަހުޝަރާދެން ހަނދާނެއްނުވާނޭ


No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...