Sunday, February 16, 2020

ސީދާވެ ދުޢާއޭ ކުރެވޭމީ

ސީދާވެ ދުޢާއޭ ކުރެވޭމީ، ތަކުރާރުވެވޭ އާދޭހުގާ
ހޭލާހުރެ ރޭގަނޑު ދަންވަރުގާ، ކުއްތަންވެ ވަނީ އާދޭހުގާ


އުފަލާއި އަރާމާ ރާޙަތުގާ، ލައްވާށި އަޅާ ހެޔޮ ނިޢުމަތުގާ
އުފެދޭނޭ ފިތުނަތަކާ ދުރުގާ، މަތިވެރި މާތްވީ ރަޙުމަތްފުޅުގާ
ފުރިހަމަވި އަމާންކަން ލިބެވޭހެން، ދަރުމައިގެ އެދޭ އުއްމީދު ވަނީ
ސީދާވެ ދުޢާއޭ ކުރެވޭމީ، ތަކުރާރުވެވޭ އާދޭހުގާ


ހެޔޮހާވި މަގުން ކުރިހޯދޭހެން، ވިސްނުން ފަހިކޮށް ދެއްވާފާންދޭ
ނުސިޔާނު ޚިޔާލާ ފިކުރުތަކުން، އަބަދަށްމެ ނަޖާކޮށް ދެއްވާންދޭ
ރޮވިފާމިއެދޭ ޚާލިޞްވި އެދުން، ފަހިވާނެ ޔަޤީންކަން އާވަނީ
ސީދާވެ ދުޢާއޭ ކުރެވޭމީ، ތަކުރާރުވެވޭ އާދޭހުގާ



No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...