Monday, February 10, 2020

ކާވެނިފުޅު

ރާގު: އޭމެރީ ޒިންދަގީ ތުޖޭޑޫންޑު ކަހާން


އޭމިރޭ ކޮންހިތެއް އެއްމެހާ ތަހުނިޔާ
އިޒްދިވާޖަށް ލަނީ މިމާތް އޮހުރުވާ
އޭމިރޭ ކޮންހިތެއް


ރިވެތި މުސްތަޤްބަލުން ފެންނަ ޢިލްމުލްހުދާ  
ވިހުރުވޭނީ އަލުން ޖީލުތަކަށްނަޔާ
 ސިއްރަކީ ތިޔައެމުޅި އުންމަތަށް ދޭހިޔާ
އޭމިރޭ ކޮންހިތެއް


ޤުދުރަތީ ރޭވުމޭ ފިޠުރަތުން އެޅިހަނާ
ނޫރުދިނީ ފެށޭ މަބްދާއޭ ހަރުދަނާ
ދޭ ޙިމާޔަތް ޢަދުއްވުން އެލާނޭ އޮޔާ
އޭމިރޭ ކޮންހިތެއް


ދުނިޔެ އިޞްލާޙުވާން އަންނަ ފުރިހަމަވެގެން
އިންގިލާބެއްވެޔޭ ދާނެފެނި ލޯމަތިން
ކައުނު ފަރިވާ ރަބީޢުގެ ސިއްރޭތިޔާ
އޭމިރޭ ކޮންހިތެއް


ޝަރަފަކުން ޝަރަފަކަށް ނަޤުލުވީ އިޝާރާތޭ
ދައްނަވާހެޔޮ މުބާރިކް އޮހޭޙާލަތޭ
މަރުޙަބާއިން ތަރާނާ ދުނިޔެ އަދު ކިޔާ
އޭމިރޭ ކޮންހިތެއް

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...