Monday, February 10, 2020

ދޭ ރަސްމް ކަޝްފުވާއޭ

ރާގު : ލޯ އިޝްގް މުޝްކުރާޔާ


ދޭ ރަސްމް ކަޝްފުވާއޭ
މަޖިލިސް ތަކުން އަލީގާ
ވީ ލޯތަކެއް އުޖާލާ
ދޭ ރަސްމް ކަޝްފުވާއޭ 

 ތުއްޕުޅުއިރުގެ ހަދާނޭއް ގެނުވޭގޮތުން މިތާގައި
ނަކަލެއް މިކޮށްލަނީ ދެން އޭރުގެވި ސޫރަތެއްގައި
މައްކާގެ ޖައްވުގައިމީ ފައުޅުވެ އެނަން ހިނގާލާ
ދޭ ރަސްމް ކަޝްފުވާއޭ


ގަދަރޭވަނީ އުފުލިފައި ކުރިޔަށްމި އޮތްމި ޢަބުދުޖަދުޢާނު
ޖާފަތް އެތާގެ ބަޔަކަށް ދީފައިވަނީ އެދޭހައި 
ފަހުރާއި އިއްޒަތުންނޭ މުޅިތަންއެކީ ވިދާލާ
ދޭ ރަސްމް ކަޝްފުވާއޭ


މުއްސަންދިކަމެއް އެހޯދީ ފަރުބަދަތަކުގެ ތެރެއިންނޭ
އެތަކެއް އަޖައިބުފަހުން ފެނިގެންނެ މޮޅު ހަޒާނާ
ވީއިރު ފަގީރުކަމުގާ ގައުމު މުޅިން ފަހާލާ
ދޭ ރަސްމް ކަޝްފުވާއޭ


ޙަލަފުލް ފުޞޫލްވެސް ވީ އޭނާގެ ތެރޭގައި
ޞުލްޙައިގެ ސިކުނޑިތައް މާތް އިސްނެންގެވި މިކަމުގާ
ޤަދަރެއް އިތުރު މިދުނިޔޭން ފެނިގެންދަނީ މިއައުލާ
ދޭ ރަސްމް ކަޝްފުވާއޭ 


ދުނިޔޭގެ ތަޖުރިބާއިން ޢިބުރަތް އެހޯއްދަވަންތާ
މީހުންގެވީ މިޒާޖާ އުޅުމެއް އެބައްލަވަންތާ
އެތަނަށް ވަޑައިގަތީ ދެން ދެފަހަރަކު މާތް ރަސޫލާ
ދޭ ރަސްމް ކަޝްފުވާއޭ 


No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...