Monday, February 10, 2020

އިލާހީ ރަޙްމަތާ ދިންނެވުމުގާ

އިލާހީ ރަޙްމަތާ ދިންނެވުމުގާ އަބަދުމެ ލައްވާނދޭ
ބިރާ ހިތްދަތިކަމާ ދެރަތައް ނަސީބުން ދުރުކުރައްވާނދޭ

އުފާވެރިކަން ޙަޔާތުގެ ކޮންމެ ވަގުތެއްގައިމެ ލިބެވޭހެން
އަމާންކަން އެއްމެހައި މުސްލިމް ތަކުންނަށް ދެއްވަވާފާނދޭ
އިލާހީ ރަޙްމަތާ ދިންނެވުމުގާ އަބަދުމެ ލައްވާނދޭ
ބިރާ ހިތްދަތިކަމާ ދެރަތައް ނަސީބުން ދުރުކުރައްވާނދޭ

މިދީނުގެ ދުޝްމިނުން ކިބައިން ސަލާމަތްވާނެ މަގު ދެއްވާ
މިދީނުގެ މާތް އިޣާވަތުގައި މި އުއްމަތް ލައްވަވާފާނދޭ
އިލާހީ ރަޙްމަތާ ދިންނެވުމުގާ އަބަދުމެ ލައްވާނދޭ
ބިރާ ހިތްދަތިކަމާ ދެރަތައް ނަސީބުން ދުރުކުރައްވާނދޭ

ވަރަށް ނިކަމެތި ކަމާއެކުގާ އެތިބަހާ މުސްލިމުންގެ ދުޢާ
ވަރަށް އަވަހަށް އިޖާބަ ކުރައްވަވާ ބަރަކާތް އެ ލައްވާނދޭ
އިލާހީ ރަޙްމަތާ ދިންނެވުމުގާ އަބަދުމެ ލައްވާނދޭ
ބިރާ ހިތްދަތިކަމާ ދެރަތައް ނަސީބުން ދުރުކުރައްވާނދޭ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...