Sunday, February 16, 2020

ޔާ ޒަލް ޖަލާލީ މަރާމަރުގެ ދަޢުވަތު

ޔާ ޒަލް ޖަލާލީ މަރާމަރުގެ ދަޢުވަތު
ނޭނގޭ ކަމުންބިރު ހިތަށް ވައްދަވާނދޭ
ދާއިމް ނުވާނޭ މިފާލަން މަތީގައި
ފާފައިން މުސާފިރު ދުރައް ޖައްސަވާންދޭ
 ޔާ ޒަލް ޖަލާލީ މަރާމަރުގެ ދަޢުވަތު

ބޮޑެއް ދޮށި ހަގެއްނެތް މި ދަޢުވަތު ލިބޭކަށް
މަޑެއްނުޖެހެވޭ އިތުރު މުހުލަތު އެހޭކަށް
އަޑެއް ނުކުޅެދޭ އުޒުރު ދައްކާ ހަދާކަށް
ވީމާ ދުރާލާ ގިނައިން ހެޔޮ ޢަމަލްތަށް
ކޮށްލާށެ ޠާހިރު ހިތެއް ދެއްވަވާނދޭ
ޔާ ޒަލް ޖަލާލީ މަރާމަރުގެ ދަޢުވަތު

ލޮލުން ކަރުނަ އޮހެނީ މިތައުބާ އަދައިގެން
ލޮލަށް ފެންނަ ދުނިޔޭގެ ޢިބްރަތްތަކައިގެން
އިލާހިއްޔަ ރަޙްމަތުގެ ތަނަވަސްކަމައިގެން
މާޔޫސްވެ ދިޔުމެއް ތިބާ ޙަޟްރަތަކުނެތް
ތައުބާވެ ރޯއިރު ޢަފޫ ދެއްވަވާނދޭ
ޔާ ޒަލް ޖަލާލީ މަރާމަރުގެ ދަޢުވަތު


No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...