Monday, February 17, 2020

ތަޢުބާ ވުމަށް މިހިތްއެދި

ރާގު: މިލި ޚާކުމޭ މުހައްބަތު
ޅެން: ޢީސާ ޝަރީފު


ތަޢުބާ ވުމަށް މިހިތްއެދި ދަހިވެތި ވެވޭނެ ނަމައޭ
ޢުމުރާއި ގުޅި ޖަހާ ނުރަ، މިކަމާ ރުހޭނެ ނަމައޭ


ރަޙުމަތްފުޅަށް އިލާހީ އެދި ދެންނެވޭ ދުޢާމީ
އިހުމާލުތައް ހަނދާންކޮށް ކަރުނުން ތެމޭ ދެލޯމީ
މަޙުޝަރުގެ އިމްތިހާނަށް ތައްޔާރުވާނެ ނަމައޭ
ތަޢުބާ ވުމަށް މިހިތްއެދި ދަހިވެތި ވެވޭނެ ނަމައޭ
ޢުމުރާއި ގުޅި ޖަހާ ނުރަ، މިކަމާ ރުހޭނެ ނަމައޭ


މޮޅިޔާ ހިތާމަ ނުފިލާ ދަހިވެތި ހިތެއް އޮތީތީ
އޮޅިބުއްދި ދިޔަކަމާމެދު ބިރުވެތިވުމަށް އެދޭތީ
އަޅެ ނަރަކަޔާ ދުރަށްދާން މިހިތަށް އަރާނެ ނަމައޭ
ތަޢުބާ ވުމަށް މިހިތްއެދި ދަހިވެތި ވެވޭނެ ނަމައޭ
ޢުމުރާއި ގުޅި ޖަހާ ނުރަ، މިކަމާ ރުހޭނެ ނަމައޭ


ނިދުމުން ފިނީގެ ދާނާ ވަކިވާ ހިތެއް ނުވާނޭ
އަދިވެސް އަރާމުކޮށްލަން އޮންނާށެ ހިތް ބުނާނޭ
އެދުވަހު ހިތާއި ނިޔަތުން ތެދުވެރިޔަކަށްވި ނަމައޭ
ތަޢުބާ ވުމަށް މިހިތްއެދި ދަހިވެތި ވެވޭނެ ނަމައޭ
ޢުމުރާއި ގުޅި ޖަހާ ނުރަ، މިކަމާ ރުހޭނެ ނަމައޭ


No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...