Monday, February 10, 2020

ޙައްޤުގެ ނޫރާ ވިދާއަލި - އިސްކަންދަރު ސްކޫލް

ޙައްޤުގެ ނޫރާ ވިދާއަލި
ތިޔަ މަތިވެރި ރައުޟަތަ ދެއިރަށް
މަދަޙައިގެ މުތުން ޙަބީބީ
ވެދުމޭ އާ ޙައްޤު ރަސޫލަށް
ޞައްލީ ޢަލާ މުޙައްމަދު
އައްސަލާމު ޢަލައިކާ ޔާ ޔާރަސޫލަﷲ
އައްސަލާމު ޢަލައިކާ ޙަބީބީ
ޔާ ނަބިއްޔުﷲ ޔާ ރަސޫލަﷲ


އައުމުން އަލް ޙައްޤު ކަލިމްފުޅު
ވައިރޯޅިފަދައިން މުޅި ޢިއްޒަށް
ވެރިވީ އަލިއަލި ނޫރުފުޅުން
ހޮހޮޅާއެކު ވެއްޖެ މުޤައްދަސް
އިޤުރައު އިޤުރައު ޔާ މުހައްމަދު
އައްސަލާމު ޢަލައިކާ ޔާ ޔާރަސޫލަﷲ   
އައްސަލާމު ޢަލައިކާ ޙަބީބީ 
ޔާ ނަބިއްޔުﷲ ޔާ ރަސޫލަﷲ


އޭ ޠައިބަތު އަލިކުރި ނޫރާ
އެ ޙިޖާޒު ދިރުއްވި ނަބިއްޔާ
އުންމަތް ތިޔަ ރޫޙުފުޅަށް މާތް
ކިޔަނީ ޞަލަވާތް ޔާ މުޙައްމަދު
އޭ ޠައިބަތު އަލިކުރި ނޫރާ
އެ ޙިޖާޒު ދިރުއްވި ނަބިއްޔާ
އުންމަތް ތިޔަ ރޫޙުފުޅަށް މާތް
ކިޔަނީ ޞަލަވާތް ޔާ މުޙައްމަދު
އައްސަލާމު ޢަލައިކާ ޔާ ޔާރަސޫލަﷲ   
އައްސަލާމު ޢަލައިކާ ޙަބީބީ
ޔާ ނަބިއްޔު


އައްސަލާމު ޢަލައިކާ ޔާ ޔާރަސޫލަﷲ   
އައްސަލާމު ޢަލައިކާ ޙަބީބީ
ޔާ ނަބިއްޔުﷲ ޔާ ރަސޫލަﷲ


No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...