Sunday, February 9, 2020

ފަތިހު ފަރިވި މާތައް ހަވީރަށް މިލާހެން

ފަތިހު ފަރިވި މާތައް ހަވީރަށް މިލާހެން
ޒުވާންކަން މިލާމޯޅިވާތަން ދެކޭށޭ
ފަހުން ހެޔޮ ޢަމަލުތަށް ކުރުން ހިތު އަޅައިގެން
ވަހުމުގައި ޒުވާންކަން އޮޔާ ދިޔަ ނުދޭށޭ
އިތުރު ވަގުތު ނުމެދީ ހަރީފުގެ ނިރެއްހެން
ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ


ޅަފަތުގައި ހަނދާންވޭހެ ވެއްޔާ ކުޅުނުކަން
ހިޔަންޏާ ތޮޅެން ރަތް އަވީގައި އުޅުނުކަން (2)
އެއީވެސް ހަޔާތޭ ލޮލަށްފެނުނު ވަގުތޭ
ކޮބާހޭ އެހުވަފެން ފިރާލާ ނިމިއްޖޭ
ފިކުރު ހިންގި ހިތަކަށް ދަރުސްތައް ލިބޭހެން
ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ


ގެއަށް އަންނަ މެހެމާނު މިތުރާ ދެކޭށޭ
ދެތިން ދުވަހު މަޑުކޮށްލުމަށްފަހު ފުރާނޭ (2)
ޒުވާންކަން އެފަދައޭ އެހިނދު ކޮޅު އެފަދައޭ
ވުމާއެކު ވެހޭ ވަގުތު ފެންފޮދު ނަގާށޭ
ޒަމާން ދައުރުވާ ބާރުމިން ދޭހަވާހެން
ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...