Sunday, February 16, 2020

ﷲ ނޫން ދެވަނަ ރައްބެއް ނުވޭ މާތް

ﷲ ނޫން ދެވަނަ ރައްބެއް ނުވޭ މާތް  - 2
ހައި ތަކެތި ހައްދަވައި ގެންގުޅުއްވާ


ތަނބެއް ނެތި އުޑާ އޭގެ ބުރުޖާ އުފުއްލާ
ހަނދާ އިރު ތަރިތަކާ ފަލަކުގާ އެ ލައްވާ
ޢަޖައިބެއް ފަދައިން ނޫރަކުން އަލިކުރައްވާ
މަލާއިކަތުނާ އެންމެހައި ޚަލްޤު ލައްވާ


މަލާމެލިތަކުން ގަސްގަހާގެހި ފުރުއްވާ
ވަޔާ ރޯޅި ފިނި އެކި ދިމާލުން އައިސްވާ
ނަޔާ ގަސްގަހަށް ބުލްބުލާ އެކި ކޮކާ އައިސް
ގަޔާވާ ފަދައިން އުދުހުމަށް ދެ ފިޔަ ދެއްވާ


ކަނޑާ ފަޅުތަކާ އޭގެ ދިރުމަށް މުރަކަ ވާ
މަޒާރަށް އުފާ މަސްމަހާމެހިތަކުން ވާ
ފެނާ އެކި ފެނަށް އެކި މަހާ ކުލަކުލައިން ވާ
ހެޔާ އޭގެ ބުއްދީގެ ބޭނުން މެ ލައްވާ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...