Monday, February 17, 2020

ފާލަމެކެ އެޅުނު އާޚިރަށް ދުނިޔެއަކީ ހީކުރޭ

ރާގު: ހަމްޖަބުސިމަޓުކެ އާޕުކީ
ޅެން: ޢީސާ ޝަރީފު


ފާލަމެކެ އެޅުނު އާޚިރަށް ދުނިޔެއަކީ ހީކުރޭ
ގެންދަން ތިމާގެ ރީތި އަމަލްތައްހެޔޮ އެއްކުރޭ


ދުނިޔޭގެ މާނަ ނޭނގިވެސް އިންސާނުން ދިރިއުޅޭ
ފިނިހޫނު ޢަޒަލުގާވި ކަމެއްނޭނގި އެބައުޅޭ
ނަރަކައިގެ ތިއެ އަނދާދަރު އިންސާނާ ދަސްކުރޭ
ފާލަމެކެ އެޅުނު އާޚިރަށް ދުނިޔެއަކީ ހީކުރޭ


އަޚުނަށް ލިބޭ ހިތާމަތައް ފިލުވައިދޭން ވާނެޔޭ
އަނެކުންގެ ޙައްޤުތައް ދެނެ ދެން އަތްނުލާނެޔޭ
ނިކަމެތިކަމީ ޖިހާދެކެ މިތުރުންނޭ ކެތްކުރޭ
ފާލަމެކެ އެޅުނު އާޚިރަށް ދުނިޔެއަކީ ހީކުރޭ


މަސްތުންފުރޭމި ޢާލަމަކީ އިމްތިހާނެކޭ
ނަފުސާ ތިމާ ކުރަން ޖެހެނީ އިޙުތިޖާޖެކޭ
ރަނގަޅާނުބައި ކިރާލެވޭ ތިލަފަތަކުން މިންކުރޭ
ފާލަމެކެ އެޅުނު އާޚިރަށް ދުނިޔެއަކީ ހީކުރޭ
ގެންދަން ތިމާގެ ރީތި އަމަލްތައްހެޔޮ އެއްކުރޭ
ފާލަމެކެ އެޅުނު އާޚިރަށް ދުނިޔެއަކީ ހީކުރޭ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...