Monday, February 10, 2020

ނިޢުމަތް އެހޯއްދެވީމީ ސަޢުދިއްޔަ މާތް ޙަލީމާ

ރާގު : ވޯދިން ކަހާން ސެލާއޭނ


ނިޢުމަތް އެހޯއްދެވީމީ ސަޢުދިއްޔަ މާތް ޙަލީމާ
މަންމާފުޅެއްގެ ޒާތުން އިސްނެންގެވީ ޙަލީމާ- ނިޢުމަތް އެހޯއްދެވީމީ 

                                                             
އަރިހުންނެ އާމިނަތުވި ލޮބުވެތި ވަޞިއްޔަތައިގެން
ޤައުމަށް އެނބުރި ވަޑައިގެން ޙިދުމަތް އެމާތްކުރައްވާ- ނިޢުމަތް އެހޯއްދެވީމީ


ކިރުފޮދު މިހިތްޕަވާ އިރު ތުއްޕުޅު މިދަރިކަލުން މާތް
އިންސާފު ދެކިވަޑައިގެން އަޚަކަށް އެގެންގުޅުއްވާ - ނިޢުމަތް އެހޯއްދެވީމީ 

                      
ހިތްޕުޅު އެ ނަންގަވައިގެން މަލަކުންގެ އަތްޕުޅުންނޭ
ޠާހިރު ކުރެއްވި މަންޒަރު ތަސްލީމްވެސް ކުރައްވާ - ނިޢުމަތް އެހޯއްދެވީމީ


ނިޢުމަތްތަކާ ކަރާމާތް އޮހިގެން މިއައި ގޮތުންދެން
އުއްމަތުގެ ސާހިބަކަށް އަބަދަށް ޔަޤީން ކުރައްވާ - ނިޢުމަތް އެހޯއްދެވީމީ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...