Monday, February 10, 2020

ޔާނަބީ ތިޔައޭވި މާތް ޢަރުޝީގެ އަޢުލާ ނޫރަކީ

ޔާނަބީ ތިޔައޭވި މާތް ޢަރުޝީގެ އަޢުލާ ނޫރަކީ
ޙަޟުރަތަށް ކުއްތަންވެވޭ އަޅަމެންގެ ހުރިހާ ސިއްރަކީ
ޔާނަބީ ތިޔައޭ


ސުންނަތާއި މިސިޔަރަތޭ ރާސްތާކީ ސީދާ ހިގޭ
ޖަންނަތާއި ސަޢާދަތަށް ފަރިކޮށްލަދޭ މިޞްރާބަކީ
ޔާނަބީ ތިޔައޭ


ކޮންމެ ޝަރަފެއް ޢިއްޒަތެއްވާނީ ލިބުން ތިޔަ ޙައްޤުގައި
އެއްމެ ޙާއްޞަ ޝަފާޢަތުލް ޢުޘްމާ އެދޭ މަޤުޞޫދަކީ
ޔާނަބީ ތިޔައޭ


ފަޚުރު ޢަރަބީން އަދި ވަކިން ކޮށްލީ ޤުރައިޝިންނޭ ޖަމާ
އިތުރު މާތް ސޫރަތު ޤުރައިޝުން ނަންގަވާށެ ދަލީލަކީ
ޔާނަބީ ތިޔައޭ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...