Monday, February 10, 2020

އަބަދު ސާފު ނޫރޭ މިއަލި ދޭހުގާއޭ

އަބަދު ސާފު ނޫރޭ މިއަލި ދޭހުގާއޭ،
ނިވާލަން އަގައިން އޭ ފުމޭކަށް ނުވާނޭ،
އިލާހީ މިޝަޢުލާ ދަނީ ކުރިއަރާއޭ – އަބަދު ސާފު ނޫރޭ


ވާދަވެރިކަން މަތީގާ ކިބުރުހޭވަނީ،
އާދަތައް އިހުގެވީ އަދު ޚަރާބޭ ވަނީ،
ތިމާމެންގެ ދީނާ ގޮތެއް ނުމެ ހިނގާނޭ،
އަބޫޖަހުލަށާ އަދި އަބޫލަހަބުނޭއޭ – އަބަދު ސާފު ނޫރޭ


ރުޅިއަރައިގެން މިތާވާނެ ކުދިކުދި މުޅިން
ކުޅިބަލާކަށް ނެތޭ ވަގުތު ތަނަވަސްވެގެން
ނިމޭދެންވި އާލަމް ވަޑައިގެން ނުދާށޭ
ހިދާޔަތުގެ ބިންގާވަނީ ހަރުވެފާއޭ – އަބަދު ސާފު ނޫރޭ


ހެޔޮ ސަޢާދަތު އެދެންޏާ ރުހޭށޭ އަހައި،
މާތް މުޙައްމަދު ނަބިއްޔާގެ ބަސްފުޅު އަހައި،
އެދޭނަމަ އެޖަންނަތު އެދޭނަމަ ޖަޙީމޭ،
ކުރަންވީ ޚިޔާރޭ ވަނީ އަތްމަތީއޭ – އަބަދު ސާފު ނޫރޭ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...