Monday, February 17, 2020

ދިރި ހިތާ ރޫޙު އަލުން


ރާގު: ދިލްކި އާވާޒުބި ސުން…
ޅެން: އިއްޒާ އަހުމަދު ނިޒާރު


ދިރި ހިތާ ރޫޙު އަލުން…
ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން
ކުރި ކުށަށް ވާށެވި ތަޢުބާ މިއައިއްޔޭ ރަމަޟާން


ރަޙްމަތާ ނޫރެކޭ…….
ރަޙްމަތާ ނޫރެކެމީ، އާދެ ނަސީބާ ގުޅިވާ
ވަޙްދަތާ ރީތި އިޚާވަތުގެ ސަލާމުން ގުޅުވާ
ދަޢުވަތޭ ސާފުމީ…
ދަޢުވަތޭ ސާފު މިއީ، މާތްވި ގެނެސްދޭ ރަމަޟާން
ކުރި ކުށަށް ވާށެވި ތަޢުބާ މިއައީއޭ ރަމަޟާން
ދިރި ހިތާ ރޫޙު އަލުން……


ދަރަޖަ މަތިވެރިވިމީ…
ދަރަޖަ މަތިވެރިވި، ރިސާލަތުގެ ބަހާރޭ ގެނުވީ
ދަރުމަ ރައްބީގެ އިނާޔަތު މުޅި ދޭހާ އެކުވީ
ވާށެ ތައުފީޤު އަދާ…..
ވާށެ ތައުފީޤު އަދާ، ފުރުސަތު ދޭނޭ ރަމަޟާން
ކުރި ކުށަށް ވާށެވި ތަޢުބާ މިއައިއްޔޭ ރަމަޟާން
ދިރި ހިތާ ރޫޙު އަލުން……


މާތް މި މައްސަރުގާ…..
މާތް މިމައްސަރުގެ ތެރޭ، ވާނެއެ ނަފުސުގެ ފަރުވާ
މާތް އިބާދަތުގެ މަތީ ، ސާބިތު ހިތްތައް ކުރުވާ
ދިންނަވާނޭ ގޮތުން….
ދިންނަވާނޭ ގޮތުގާ ހޭދަކުރާށޭ ރަމަޟާން
ކުރި ކުށަށް ވާށެވި ތަޢުބާ މިއައިއްޔޭ ރަމަޟާން
ދިރި ހިތާ ރޫޙު އަލުން…

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...