Monday, February 17, 2020

ދުނިޔެމީ ފާލަމެ ވަގުތީ

ރާގު: ބޭދަރުދީ ބާލުމަ ތުޖްކޯ
ޅެން: އިއްޒާ އަހުމަދު ނިޒާރު


ދުނިޔެމީ ފާލަމެ ވަގުތީ، މިތާ ދާއިމްވެ ނުތިބޭނޭ
މުނިއަވަސް ފިލުވުމަށް ތިއްބާ، އަޖަލު އައިސް ގައިމެ ގެންދާނޭ


ލޮލުން ދެކެފާ ތަޞައްވުރްގާ، ނެތޭ ކަންވާނެގޮތެއް ފަހުގާ
އަލުން ލިބިދާނެތޯ ދުނިޔޭގެ މިޙަޔާތް މަރުވުމަށްފަހުގާ
ދެލިން ލިޔެވުނު އަކުރުފަދައޭ، ވުޖޫދު ތިބާގެ ފޮހެވޭނޭ
ދުނިޔެމީ ފާލަމެ ވަގުތީ، މިތާ ދާއިމްވެ ނުތިބޭނޭ


ނުވޭ ބަރުޒަޚުގެ ޢާލަމުގާ، ވަށާ ކަނު އަނދިރިކަން ނޫނީ
ނުވޭ އެކު ދާނެ ބައިވެރިއެއް، ތިބާ ކުޅަ ޢަމަލުތައް ނޫނީ
ވެވޭކަން ނެތް ނަޖާ އާޚިރު، ބިރާ މޮޅިޔާ ވަށާލާނޭ
ދުނިޔެމީ ފާލަމެ ވަގުތީ، މިތާ ދާއިމްވެ ނުތިބޭނޭ


ހިޔާވައްސެއް އިޔާރެއް ނެތް، ހިމާޔަތް ދޭނެ މަޙްޝަރުގާ
ނިޔާ ތަންފީޒުވާނޭ ހާމަ ތިލަފަތަކުން ޤިޔާމަތުގާ
ހިޔާ ރައްބީގެ މިންވަރުގާ ނުވާނަމަ މިންޖު ނުވެވޭނޭ
ދުނިޔެމީ ފާލަމެ ވަގުތީ، މިތާ ދާއިމްވެ ނުތިބޭނޭ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...