Sunday, February 9, 2020

ކައު އިތުރު ސާހިބާއަށް

ކައު އިތުރު ސާހިބާއަށް ޞަލަވާތް އިތުރު ސަލާމާ
އަބަދަށް ލައްވާންދޭ * 2
ލޮބުވެތި ތިއީ ނަބީއޭ މަތިވެރިވި މާތް ރަސޫލޭ
ޞަލަވާތް ލައްވާންދޭ * 2

ކަޅު އަނދިރިވީ ޖަހާލަތު ދުނިޔޭގަ ފެތުރިފައިވީ * 2
ފޮހެލައްވާ މިދީނުގެ ނޫރުން މި ބިން ފުރާލީ
އޯއޯއޯ........

ރަޙްމަތުގެ މާތް އަމީނާ ހެޔޮހާ ދުޢާ ސަނާޔާ
އަބަދަށް ލައްވާންދޭ * 2

ޙަމްދާ ޝުކުރު އިލާހަށް ކުރެވޭ ހިތުން ނިހާއީ * 2
ދެއްވުން އަދާ ޝަފާޢަތް އަޅަމެންގެ ކައު ޙަބީބާ
އޯއޯއޯ........

ލައްވާށެ މާތްވި ނިޢުމަތް ރަޙްމަތުގެ ސާހިބާއަށް
އަބަދަށް ލައްވާންދޭ   2 * 

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...