Monday, February 17, 2020

ޔާ ﷲ، ޔާ ﷲ، ޔާ ﷲ، ޔާ ﷲ

ރާގު: ތެރޭގަރުކޭ ޕޭރޭ
ޅެން: ޢީސާ ޝަރީފު


ޔާ ﷲ، ޔާ ﷲ، ޔާ ﷲ، ޔާ ﷲ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


ޠަވާފުގެ ނަޞީބުން ވަށާ މާތްވި ކައުބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


ހަރަމްފުޅުތެރޭ ހުރެ ކުށުން ފޯވި މުޖުރިމް
ވަރަށް ހިތް ތެޅޭ އެބަ ކުށަށް މާފު ނެތްބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


ނިތުން ބޮސް ދިނީމޭ ހިލައިގާ އެ އަސްވަދު
ހިތުން އެ ކިލާތައް ފިލައިގެން ނުދޭބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


އިލާހީ ރުހުން އެދި ރޮމުން ޖެހުނު ސަޖިދައިން
ފިލާ ހިތު ގިލަން ދާނެ ފުރުޞަތު ނެތީބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


ހިމޭން ރީތި ޚުލްޤުން ލޮލުން އޮހޮރި ކަރުނުން
ޒުވާން ހިތް މި ދޮވެލަން ނަޞީބެއް ނެތީބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


ހިފާފައި މިވާ ނިޔަތުން ފާފައިގެ އަލިފާން
ނިވާލާނެ ހިތްވަރު ޢަޒުމުގައި ނެތީބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


ޖަހާލަތުގެ އަނދިރިން ސަލާމަތް ނުވެވެނީ
އެހައި ހަރުދަނާކަން ނިޔަތުގައި ނެތީބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


ވެހޭ ރަޙުމަތުން ފެންވަރާލަން ޙަރަމްގައި
އޮހޭ ތިޔަ ސަވާބުން މިހިތް ނުތެމެނީބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


މިވަތް ހެޔޮ އިލާހިއްޔަ ނޫރުގެ އަލީގައި
ދެއަތް އުފުލެނީ އަދު ގުޅޭތޯ ނަޞީބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޠަވާފުގެ ނަޞީބުން ވަށާ މާތްވި ކައުބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ
ޔާ ﷲ، ޔާ ﷲ، ޔާ ﷲ، ޔާ ﷲ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...