Monday, February 17, 2020

ލިބޭ މީއެ ހިނދުކޮޅު

ރާގު: އަޖީ ރޫޓްކަރު އަބު ކަހާ ޖާއިޔޭގާ
ޅެން: އިއްޒާ އަހުމަދު ނިޒާރު


ލިބޭ މީއެ ހިނދުކޮޅު، ޒުވާންކަން މަތީގާ
ބެހޭ މީއެ ތަންވަޅު، ދަމާ ބާރު އޮއިގާ


ގަހާ އޭގެ އޮފިތައް، މިލާމޯޅި ވާނޭ
ވަޔާ ރޯޅި އައިމާ ، ގަހާ ވަކިވެދާނޭ
އުސޫލޭ ހިނގާމީ ތަބީޢީ ގޮތެއްގާ
މިސާލޭ ދެކޭމީ ، މިތާ ބިންމަތީގާ
ލިބޭ މީއެ ހިނދުކޮޅު، ޒުވާންކަން މަތީގާ
ބެހޭ މީއެ ތަންވަޅު، ދަމާ ބާރު އޮއިގާ


އަލުން އެނބުރި ނާދޭ، ފަހުން ބީވި މާޒީ
އެހިނދު ގެއްލި ދާނޭ، އަތުން ދޫވެ ބާޒީ
ބަދަލުވޭ ޒަމާން ނޭގިތިއްބާ ނިދީގާ
މެރީމާ ދެލޯ އާދެ ޣާފިލްކަމެއްގާ
ލިބޭ މީއެ ހިނދުކޮޅު، ޒުވާންކަން މަތީގާ
ބެހޭ މީއެ ތަންވަޅު، ދަމާ ބާރު އޮއިގާ


އަމާނާތެކޭ ތީ ، ޒުވާންކަން އެގޭހޭ
ޚިޔާނާތް އެއާމެދު، ވަމުންދާ ފެނޭހޭ
ނަމާ ހޯދި އަބުރާ، ކަފުންވާ ހިނދެއްގާ
އުމުރު ހުސްވެދާނޭ، އަގެއްނެތް ގޮތެއްގާ
ލިބޭ މީއެ ހިނދުކޮޅު، ޒުވާންކަން މަތީގާ
ބެހޭ މީއެ ތަންވަޅު، ދަމާ ބާރު އޮއިގާ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...