Monday, February 17, 2020

ދިރި ހިތާ ރޫޙު އަލުން


ރާގު: ދިލްކި އާވާޒުބި ސުން
ޅެން: އިއްޒާ އަހުމަދު ނިޒާރު


ދިރި ހިތާ ރޫޙު އަލުން
ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން
ކުރި ކުށަށް ވާށެވި ތަޢުބާ މިއައިއްޔޭ ރަމަޟާން


ރަޙްމަތާ ނޫރެކޭ…….
ރަޙްމަތާ ނޫރެކެމީ، އާދެ ނަސީބާ ގުޅިވާ
ވަޙްދަތާ ރީތި އިޚާވަތުގެ ސަލާމުން ގުޅުވާ
ދަޢުވަތޭ ސާފުމީ
ދަޢުވަތޭ ސާފު މިއީ، މާތްވި ގެނެސްދޭ ރަމަޟާން
ކުރި ކުށަށް ވާށެވި ތަޢުބާ މިއައީއޭ ރަމަޟާން
ދިރި ހިތާ ރޫޙު އަލުން……


ދަރަޖަ މަތިވެރިވިމީ
ދަރަޖަ މަތިވެރިވި، ރިސާލަތުގެ ބަހާރޭ ގެނުވީ
ދަރުމަ ރައްބީގެ އިނާޔަތު މުޅި ދޭހާ އެކުވީ
ވާށެ ތައުފީޤު އަދާ..
ވާށެ ތައުފީޤު އަދާ، ފުރުސަތު ދޭނޭ ރަމަޟާން
ކުރި ކުށަށް ވާށެވި ތަޢުބާ މިއައިއްޔޭ ރަމަޟާން
ދިރި ހިތާ ރޫޙު އަލުން……


މާތް މި މައްސަރުގާ..
މާތް މިމައްސަރުގެ ތެރޭ، ވާނެއެ ނަފުސުގެ ފަރުވާ
މާތް އިބާދަތުގެ މަތީ ، ސާބިތު ހިތްތައް ކުރުވާ
ދިންނަވާނޭ ގޮތުން.
ދިންނަވާނޭ ގޮތުގާ ހޭދަކުރާށޭ ރަމަޟާން
ކުރި ކުށަށް ވާށެވި ތަޢުބާ މިއައިއްޔޭ ރަމަޟާން
ދިރި ހިތާ ރޫޙު އަލުން

ލިބޭ މީއެ ހިނދުކޮޅު

ރާގު: އަޖީ ރޫޓްކަރު އަބު ކަހާ ޖާއިޔޭގާ
ޅެން: އިއްޒާ އަހުމަދު ނިޒާރު


ލިބޭ މީއެ ހިނދުކޮޅު، ޒުވާންކަން މަތީގާ
ބެހޭ މީއެ ތަންވަޅު، ދަމާ ބާރު އޮއިގާ


ގަހާ އޭގެ އޮފިތައް، މިލާމޯޅި ވާނޭ
ވަޔާ ރޯޅި އައިމާ ، ގަހާ ވަކިވެދާނޭ
އުސޫލޭ ހިނގާމީ ތަބީޢީ ގޮތެއްގާ
މިސާލޭ ދެކޭމީ ، މިތާ ބިންމަތީގާ
ލިބޭ މީއެ ހިނދުކޮޅު، ޒުވާންކަން މަތީގާ
ބެހޭ މީއެ ތަންވަޅު، ދަމާ ބާރު އޮއިގާ


އަލުން އެނބުރި ނާދޭ، ފަހުން ބީވި މާޒީ
އެހިނދު ގެއްލި ދާނޭ، އަތުން ދޫވެ ބާޒީ
ބަދަލުވޭ ޒަމާން ނޭގިތިއްބާ ނިދީގާ
މެރީމާ ދެލޯ އާދެ ޣާފިލްކަމެއްގާ
ލިބޭ މީއެ ހިނދުކޮޅު، ޒުވާންކަން މަތީގާ
ބެހޭ މީއެ ތަންވަޅު، ދަމާ ބާރު އޮއިގާ


އަމާނާތެކޭ ތީ ، ޒުވާންކަން އެގޭހޭ
ޚިޔާނާތް އެއާމެދު، ވަމުންދާ ފެނޭހޭ
ނަމާ ހޯދި އަބުރާ، ކަފުންވާ ހިނދެއްގާ
އުމުރު ހުސްވެދާނޭ، އަގެއްނެތް ގޮތެއްގާ
ލިބޭ މީއެ ހިނދުކޮޅު، ޒުވާންކަން މަތީގާ
ބެހޭ މީއެ ތަންވަޅު، ދަމާ ބާރު އޮއިގާ

ދުނިޔެމީ ފާލަމެ ވަގުތީ

ރާގު: ބޭދަރުދީ ބާލުމަ ތުޖްކޯ
ޅެން: އިއްޒާ އަހުމަދު ނިޒާރު


ދުނިޔެމީ ފާލަމެ ވަގުތީ، މިތާ ދާއިމްވެ ނުތިބޭނޭ
މުނިއަވަސް ފިލުވުމަށް ތިއްބާ، އަޖަލު އައިސް ގައިމެ ގެންދާނޭ


ލޮލުން ދެކެފާ ތަޞައްވުރްގާ، ނެތޭ ކަންވާނެގޮތެއް ފަހުގާ
އަލުން ލިބިދާނެތޯ ދުނިޔޭގެ މިޙަޔާތް މަރުވުމަށްފަހުގާ
ދެލިން ލިޔެވުނު އަކުރުފަދައޭ، ވުޖޫދު ތިބާގެ ފޮހެވޭނޭ
ދުނިޔެމީ ފާލަމެ ވަގުތީ، މިތާ ދާއިމްވެ ނުތިބޭނޭ


ނުވޭ ބަރުޒަޚުގެ ޢާލަމުގާ، ވަށާ ކަނު އަނދިރިކަން ނޫނީ
ނުވޭ އެކު ދާނެ ބައިވެރިއެއް، ތިބާ ކުޅަ ޢަމަލުތައް ނޫނީ
ވެވޭކަން ނެތް ނަޖާ އާޚިރު، ބިރާ މޮޅިޔާ ވަށާލާނޭ
ދުނިޔެމީ ފާލަމެ ވަގުތީ، މިތާ ދާއިމްވެ ނުތިބޭނޭ


ހިޔާވައްސެއް އިޔާރެއް ނެތް، ހިމާޔަތް ދޭނެ މަޙްޝަރުގާ
ނިޔާ ތަންފީޒުވާނޭ ހާމަ ތިލަފަތަކުން ޤިޔާމަތުގާ
ހިޔާ ރައްބީގެ މިންވަރުގާ ނުވާނަމަ މިންޖު ނުވެވޭނޭ
ދުނިޔެމީ ފާލަމެ ވަގުތީ، މިތާ ދާއިމްވެ ނުތިބޭނޭ

ލެޔާ ލޭގެ ގުޅުމީ ކަރާމާތެކޭ

ރާގު: ހުވީޝާމު އެނުކާ
ޅެން: ޢީސާ ޝަރީފު


ލެޔާ ލޭގެ ގުޅުމީ ކަރާމާތެކޭ
ޖަހާ ވިންދު ބުނަނީ އަމާނާތެކޭ


އުފަންކުރި މައިންނާނުލާ
މިމައިވަންތަ ކުލުނާނުލާ
މިއަދު ދަރިފުޅާއޭ ދިޔައިމާ ދުރަށްލާ
ހިތުންތަދު ނުދާނޭ ފިލާ
ލޮލުގެ ތީ އެފިނިކަން މިއީ ވަޢުދެކޭ
ލެޔާ ލޭގެ ގުޅުމީ ކަރާމާތެކޭ
ޖަހާ ވިންދު ބުނަނީ އަމާނާތެކޭ


މިއީ ކޮއްކޮ ބޭނުން ގޮތޭ
ތިފައިތިލަ ދަށުން ޖަންނަތޭ
އުރައިގެން އުޅުނު ކޮންމެ ލޮބުވެތި ސިކުންތެއް
ހަނދާނުން ނުދޭ ޚިދުމަތެއް
މައިން ރޮއްވުމީ ބޮޑު ޚިޔާނާތެކޭ
ލެޔާ ލޭގެ ގުޅުމީ ކަރާމާތެކޭ
ޖަހާ ވިންދު ބުނަނީ އަމާނާތެކޭ


އެދުން ނެތް ހިތުން ލޯބިދެން
ދެދުނިޔޭގެ އުފަލަށް އެދެން
އެދުހު ބައްޕަ ދަރިފުޅު އުރީމޭ ހިނގެންދެން
މިއަދުވެސް އެހާ ހެޔޮއެދެން
ހިތުގެ ފުންމިނުން ދިން އެޞަދަޤާތެކޭ
ލެޔާ ލޭގެ ގުޅުމީ ކަރާމާތެކޭ
ޖަހާ ވިންދު ބުނަނީ އަމާނާތެކޭ

ފާލަމެކެ އެޅުނު އާޚިރަށް ދުނިޔެއަކީ ހީކުރޭ

ރާގު: ހަމްޖަބުސިމަޓުކެ އާޕުކީ
ޅެން: ޢީސާ ޝަރީފު


ފާލަމެކެ އެޅުނު އާޚިރަށް ދުނިޔެއަކީ ހީކުރޭ
ގެންދަން ތިމާގެ ރީތި އަމަލްތައްހެޔޮ އެއްކުރޭ


ދުނިޔޭގެ މާނަ ނޭނގިވެސް އިންސާނުން ދިރިއުޅޭ
ފިނިހޫނު ޢަޒަލުގާވި ކަމެއްނޭނގި އެބައުޅޭ
ނަރަކައިގެ ތިއެ އަނދާދަރު އިންސާނާ ދަސްކުރޭ
ފާލަމެކެ އެޅުނު އާޚިރަށް ދުނިޔެއަކީ ހީކުރޭ


އަޚުނަށް ލިބޭ ހިތާމަތައް ފިލުވައިދޭން ވާނެޔޭ
އަނެކުންގެ ޙައްޤުތައް ދެނެ ދެން އަތްނުލާނެޔޭ
ނިކަމެތިކަމީ ޖިހާދެކެ މިތުރުންނޭ ކެތްކުރޭ
ފާލަމެކެ އެޅުނު އާޚިރަށް ދުނިޔެއަކީ ހީކުރޭ


މަސްތުންފުރޭމި ޢާލަމަކީ އިމްތިހާނެކޭ
ނަފުސާ ތިމާ ކުރަން ޖެހެނީ އިޙުތިޖާޖެކޭ
ރަނގަޅާނުބައި ކިރާލެވޭ ތިލަފަތަކުން މިންކުރޭ
ފާލަމެކެ އެޅުނު އާޚިރަށް ދުނިޔެއަކީ ހީކުރޭ
ގެންދަން ތިމާގެ ރީތި އަމަލްތައްހެޔޮ އެއްކުރޭ
ފާލަމެކެ އެޅުނު އާޚިރަށް ދުނިޔެއަކީ ހީކުރޭ

ޔާ ﷲ، ޔާ ﷲ، ޔާ ﷲ، ޔާ ﷲ

ރާގު: ތެރޭގަރުކޭ ޕޭރޭ
ޅެން: ޢީސާ ޝަރީފު


ޔާ ﷲ، ޔާ ﷲ، ޔާ ﷲ، ޔާ ﷲ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


ޠަވާފުގެ ނަޞީބުން ވަށާ މާތްވި ކައުބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


ހަރަމްފުޅުތެރޭ ހުރެ ކުށުން ފޯވި މުޖުރިމް
ވަރަށް ހިތް ތެޅޭ އެބަ ކުށަށް މާފު ނެތްބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


ނިތުން ބޮސް ދިނީމޭ ހިލައިގާ އެ އަސްވަދު
ހިތުން އެ ކިލާތައް ފިލައިގެން ނުދޭބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


އިލާހީ ރުހުން އެދި ރޮމުން ޖެހުނު ސަޖިދައިން
ފިލާ ހިތު ގިލަން ދާނެ ފުރުޞަތު ނެތީބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


ހިމޭން ރީތި ޚުލްޤުން ލޮލުން އޮހޮރި ކަރުނުން
ޒުވާން ހިތް މި ދޮވެލަން ނަޞީބެއް ނެތީބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


ހިފާފައި މިވާ ނިޔަތުން ފާފައިގެ އަލިފާން
ނިވާލާނެ ހިތްވަރު ޢަޒުމުގައި ނެތީބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


ޖަހާލަތުގެ އަނދިރިން ސަލާމަތް ނުވެވެނީ
އެހައި ހަރުދަނާކަން ނިޔަތުގައި ނެތީބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


ވެހޭ ރަޙުމަތުން ފެންވަރާލަން ޙަރަމްގައި
އޮހޭ ތިޔަ ސަވާބުން މިހިތް ނުތެމެނީބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ


މިވަތް ހެޔޮ އިލާހިއްޔަ ނޫރުގެ އަލީގައި
ދެއަތް އުފުލެނީ އަދު ގުޅޭތޯ ނަޞީބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޠަވާފުގެ ނަޞީބުން ވަށާ މާތްވި ކައުބާ
ހަވާ ނަފްސު ދޫކޮށް ވެވޭތޯއެ ތަޢުބާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ
ޔާރައްބަނާ އިރްހަމްލަނާ، ޔާރައްބަނާ އިރްހަމްލަނާ
ޔާ ﷲ، ޔާ ﷲ، ޔާ ﷲ، ޔާ ﷲ

ލެވޭނޫންހެ ނޭވާ ބަލާވެސް ނުލާނޭ

ރާގު: ހަމޭ ކާޝު ތުމްސޭ މުހައްބަތު
ޅެން: ޢީސާ ޝަރީފު



ލެވޭނޫންހެ ނޭވާ ބަލާވެސް ނުލާނޭ
މަރާ މަހުޝަރާދެން ހަނދާނެއްނުވާނޭ


ދަތުރް ނިންމަމުން އަންނަ މެހެމާނެކޭތީ
ނުވިސްނާ ތިދެވެނީއެ އިހުމާލެކޭތީ
ޚިޔާނަތެކޭ ވެވުނީ ހިތަށްނުމެ އަރާނޭ
ލެވޭނޫންހެ ނޭވާ ބަލާވެސް ނުލާނޭ
މަރާ މަހުޝަރާދެން ހަނދާނެއްނުވާނޭ


އުފާތަށްފަހާ ހިތް ޒުވާން އުދުހި ދާނޭ
ލަފާދޭނެ ޝައިޠާން އެހިނދު އައިސް ބުނާނޭ
ކުރާ އަޅުކަމެއް ދެންފަހުން ކުރެވިދާނޭ
ލެވޭނޫންހެ ނޭވާ ބަލާވެސް ނުލާނޭ
މަރާ މަހުޝަރާދެން ހަނދާނެއްނުވާނޭ


ފަހުން ރޯންޖެހޭނޭ ހިތަށް ގެނެބަލާށޭ
ޖަހަންނަމައެ އަނދަނީއެ ފުންމާނުލާށޭ
ޒުވާނާއެ ތިޔަހެން އުޅެން ހެޔޮނުވާނޭ
ލެވޭނޫންހެ ނޭވާ ބަލާވެސް ނުލާނޭ
މަރާ މަހުޝަރާދެން ހަނދާނެއްނުވާނޭ


ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...