Wednesday, February 12, 2020

ދޫނިތައް އުދުހެންފެށީ ތަސްބީހަ ކިޔަމުން އާހުގައި

ދޫނިތައް އުދުހެންފެށީ ތަސްބީހަ ކިޔަމުން އާހުގައި   
މޫނުތައް ހިނިތުންވެލީ ތަކުބީރު ކިޔަމުން ފާޅުގައި
ޙަމްދު ކުރަމޭ ޝުކުރުކުރަމޭ ހާ އުފާވެރި ޢީދެކޭ    
ޙަމްދު ކުރަމޭ ޝުކުރުކުރަމޭ ހާ އުފާވެރި ޢީދެކޭ   ހާއުފާވެރި ޢީދެކޭ

އަހަރެމެންނީ ކުޑަކުދިންނޭ ސުވަރުގޭގެ ކޮކާ ތަކޭ އާ އާއާ
އަހަރެމެން ކީރިތި އިލާހަށް ވަޤުފް ކުރަނީ ހިތްތަކޭ
ރަޙްމަތުން ރައްބީގެ އަލިވާ މީއުޖާލާ ނިއްތަކޭ
ޙަމްދު ކުރަމޭ ޝުކުރުކުރަމޭ ހާ އުފާވެރި ޢީދެކޭ،  ހާއުފާވެރި ޢީދެކޭ
ދޫނިތައް އުދުހެންފެށީ ...

ޢީދަކީ ލޯތްބާއި ރަޙްމާ ކުލުނު ދިރުވާ މޫސުމޭ އާ އާ އާ
ޢީދުހަދިޔާ ޔާ ސަލާމުން ބަރަކާތާ ހެޔޮ ފަތުރަމޭ
ރީތި ހެދުމާ ރީތި ޚުލްޤުން މުސްލިމުން ޒީނަތް ވަމޭ
ޙަމްދު ކުރަމޭ ޝުކުރުކުރަމޭ ހާ އުފާވެރި ޢީދެކޭ   ހާއުފާވެރި ޢީދެކޭ
ދޫނިތައް އުދުހެންފެށީ ...

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...