Monday, February 10, 2020

ނަބީ އަމީނޭ



ރާގު: ނައޭ ޒަމީންތީ

ނަބީ އަމީނޭ ވަޑައިގަތީމާ ނިޝާން އިލާހީ ވިދައިގަތީމާ
ފަޖުރުލި ފަތިހޭ އުހެއްދި ނޫރޭ ފަވާލަނީ އާފާޤު ސަމާގައި
ނަބީއަމީނޭ


ފަޒާގެޢާލަމް ޖަރީކުރާށޭ ބަހާރުބިމުގާ އެކީހިގާށޭ
ދިރޭމިހަސްތީ ފިނީގެ ޝަބުނަމް ޙަޔާތަކަށް އާ ޖަމާވެލާށޭ
ގޮވައިދެނީ މަންޒަރޭ ޤުދޫމީ ރިޔާސުގައި ޝުކުރު ދަންނަވަންތާ
ނަބީއަމީނޭ


އިޝާރަތަށް މަލަކުނާއި ޖިބުރީލު ސަލާމްތަކާ ހެޔޮ ވެދުންތަކައިގެން 
ވަޑައިގަތީ އާސިޔަތު ވަ މަރިޔަމް މިމާތް ސުވަރުގޭގެ ޙޫރުނާއިގެން
ޝުޢޫރުތަށް މަރުޙަބާގެ ފަށަނީ އޮހޭ މިދަރުބާރުގާ ހިގާންތާ
ނަބީއަމީނޭ



ވިދާލަނީ ޢަޟުމަތާއި ޖާހޭ ވުޖޫދުގައި ރަޙުމަތާއި ނޫރޭ
ރިސާލަތީ ޚާތިމުއްނަބިއްޔީން ދެ ޢާލަމުން އުފުލިދާނެ ސިއްރޭ
ވަށައިގެނޭ އަންނަނީ މިތަރުޙީބް ޝަރަފުގާއިދެ! އައްސަވަންތާ
ނަބީއަމީނޭ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...