Sunday, February 9, 2020

ﷲ ގެ މަތިވެރި ނިޢުމަތް ޢަދަދު ނުވާނޭ

ﷲ ގެ މަތިވެރި ނިޢުމަތް ޢަދަދު ނުވާނޭ
ކޮށްލާށެ ޝުކުރު އަޅުތަކުނަށް ވާޖިބު ވާނޭ
ﷲ ގެ މަތިވެރި ނިޢުމަތް ޢަދަދު ނުވާނޭ
ކޮށްލާށެ ޝުކުރު އަޅުތަކުނަށް ވާޖިބު ވާނޭ


ފެނުމާއި އިވުން ބަސްމޮށުމާއި ބުއްދިމިލިބިވާ
ގުނިދާނެ އެ އިސްމީ އުފެދުން ރޭވި އެތުރިވާ
ފުނިޖެހި ހޮވިދާނޭ މަތިވެރި ރަޙްމަތް އެކުވާ
ގިނަގުނަވި އެތައް ނިޢުމަތަކުން ޚާއްޞަވެދާނޭ
ﷲ ގެ މަތިވެރި ނިޢުމަތް ޢަދަދު ނުވާނޭ
ކޮށްލާށެ ޝުކުރު އަޅުތަކުނަށް ވާޖިބު ވާނޭ


ކަނޑުތަކުގެ ދިރުން އެކިއެކި ވައްތަރުގެ މަހާމެހި
އިރުއޮއްސި ފެނުން ފޯދިވެލާ ގަސްމިގަހާގެހި
ދަނޑުތައް ތާޒާ ގެނުވި ދިރުން ކޮށްލި މިބިން ފެހި
ފަނޑުކޮށް ނުލެވޭ ނިޢުމަތަކަށް ފާހަގަވާނޭ
ﷲ ގެ މަތިވެރި ނިޢުމަތް ޢަދަދު ނުވާނޭ
ކޮށްލާށެ ޝުކުރު އަޅުތަކުނަށް ވާޖިބު ވާނޭ


ދުނިޔޭގެ ޙަޔާތަށް ބޭނުން ހުރިހާ ބޭނުން
އުނިވުންނެތި ފުދި ދާނެގޮތުން ރޭވެވި ރޭވުން
މުނިފޫހިފިލާނޭ ގޮތުގައި ވާނެޔެ މޭރުން
ފެނިދާނެ ވަށައިގެން ބެލުމުން ކަށަވަރު ވާނޭ
ﷲ ގެ މަތިވެރި ނިޢުމަތް ޢަދަދު ނުވާނޭ
ކޮށްލާށެ ޝުކުރު އަޅުތަކުނަށް ވާޖިބު ވާނޭ


ﷲ ގެ މަތިވެރި ނިޢުމަތް ޢަދަދު ނުވާނޭ
ކޮށްލާށެ ޝުކުރު އަޅުތަކުނަށް ވާޖިބު ވާނޭ

No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...